މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ އައިޖީއެމްއެޗްގެ ނަރުސް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ، އައިޖީއެމްއެޗުން ހުށަހެޅުމުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގައި ސަސްޕެންޑުކޮށްފައި ވަނީ އަންހެން ނަރުހެއް ކަމަށެވެ.
އަދި އެ ނަރުހަކީ މީގެ ކުރިން ވޯޑު އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި ސްޓާފެއް ކަމަށް މައުލޫމާތު ދިނެވެ.
އަދި މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިހާރު އެ ނަރުސް ސަސްޕެންޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

