ގިނަ ދުވަސްތަކަކަށް ފަހުގައި، ފިލިޕިންސްއިން މަންކީ ޕޮކްސްގެ ކޭސްއެއް ފެނިއްޖެއެވެ.
މި ބަލި މިދިޔަ ޑިސެމްބަރު މަހުގައި ވެސް އެ ގައުމުން ފެނުނެވެ. މި ފަހަރު އެމްޕޮކްސް މި ފެނުނީ މެނީލާގެ، އުމުރުން 33 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ގައުމުން ބޭރަށް ދަތުރުކޮށްފައިނުވާ ކަމަށްވެއެވެ.
މި ކޭސް ފެނުނީ ޑަބްލިޔުއެޗްއޯގެ އިރުޝާދާއެކުގައި، ފިލިޕިންސްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސަވައިލަންސް ޕްރޮގްރާމެއްގެ ތެރެއިންނެވެ.
ފިލިޕިންސްގެ ކަމާބެހޭ ފަރާތްތަކުން ބުނީ، މިއީ އެ ގައުމުގެ އެހެން މީހުންނަށް އައި އިންޒާރެއް ކަމަށާއި، 2023 ވަނަ އަހަރު ވެސް، އެ ގައުމުން އެމްޕޮކްސްގެ ނުވަ ކޭސް ފެނިފައިވާ ކަމަށެވެ.

