ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އަލުން ”މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ“ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ގާއިމުކުރައްވައިފިއެވެ.
އެ އިދާރާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ހަމަޖައްސާފައިވާއިރު، އެކަން އިއުލާނުކުރެއްވީ ރައީސް އޮފީހުން އިއްޔެ ނެރުއްވި އިއުލާނެއްގައެވެ.
ރައީސް، އެމްއެފްޑީއޭ ގާއިމުކުރެއްވުމާ ގުޅިގެން ހެލްތުގެ ދަށުން ހިނގަމުން އައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވަނީ އުވައިލައްވާފައެވެ.
ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔާ ސިޓީތަކުގައި މީގެ ފަހުން އެޑްރެސް ކުރަން ވާނީ ގެންދާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުން އައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

