އިނަ މޯލްޑިވްސްގެ އޮފީސްތަކެއް ފަޅާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލާގެ، އަޒްމީލް މުހައްމަދެވެ. އޭނާގެ އުމުރުން 40 އަހަރެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރަނީ އިނަ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް އޭސް ޓްރަވެލްސް އަދި ގަތަރު ކާގޯ އޮފީސް ފަޅާލި ކަމަށެވެ. މި ހުރިހާ އޮފީހެއްވެސް ފަޅާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދާދި އެއްވަގުތެއްގައެވެ.

