މިއަދު ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު ހެނދުނު 6:30 އިން 12:30އާ ދެމެދު އެ އިދާރާއިން ވައިޓް  އެލާޓް ނެރެފައިވަނީ، ރ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ސަރަހަށްދުތަކަށެވެ.

މެޓުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖެއަށް މިދިޔަ މަހުގެ ފަހުކޮޅު ވަރަށް ބޮޑަށް ވިއްސާރަވެ، ގިނަ ރަށްތަކެއްގައި ފެންވެސް ބޮޑުވިއެވެ.