ނ.ހޮޅުދޫގައި ޒަހަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 50 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ ރަށުގައި ޒަހަމްތަކާއެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެ އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް މައުލޫމާތު ދިނެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮތް އަންހެން މީހާ ކައިރީގައި ވަޅިއެއްވެސް އޮތެވެ.