ބިދޭސީ މަސައްކަތްތެރިން ރައްކާތެރި ތަންތަނުގައި ބޭތިއްބުމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ގޮވައިލައްވައިފިއެވެ.
ޝަމްއާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އެކިއެކި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ފަރާތްތައް ރާއްޖެއަށް ގެންނަ އެމްޕްލޮޔަރުގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން މަސައްކަތްތެރިން ބައިތިއްބަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ފަދަ ތަންތަނުގައި ކަން ކަށަވަރު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
އަދި މިފަދަ ތަންތާނގައި ކެއްކުން ފަދަ ކަންކަން ކުރާއިރު، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގަވައިދާ ހިލާފަށް އުޅޭ 3000 ބިދޭސީން، އިމިގްރޭޝަނުން ވަނީ ޑީޕޯޓު ކޮށްލައިފައެވެ.

