މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ތިން މީހަކު ވަދެ ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9،000 ރުފިޔާ ފޭރުނު މައްސަލަ ސެޕްޓެމްބަރު 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ މާލެސިޓީ ގ. ބެރުގެ މުހައްމަދު ނަވީންއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިމިގްރޭޝަނުން މިއަދު ވަނީ، މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް، އެ އިދާރާގެ އޮފިސަރުން ހަރަކާތްތެރިވަމުންދާނީ، ޔުނިފޯމާއިއެކު، ފާސް ވެސް އަޅައިގެން ކަމަށް ބުނެފައެވެ.

