މިއަދު މާލެ ސަރަހައްދުގެ ހަތަރު މިސްކިތެއްގައި ޒުވާން ހަތަރު ހަތީބަކު ހުތުބާ ދެއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ގޮތުގައި މިއަދު ހުކުރު ނަމާދުގެ ޚުތުބާ ދެއްވާ ޒުވާން ޚަތީބުންނަކީ:
މުހައްމަދު މަބާހު މުހައްމަދު، މަސްޖިދުލް އިބްރާހީމް
ބިން އިމްޖާދު، މަސްޖިދުލް ޝައިހު މުހައްމަދު ޖަމީލް ދީދީ (ފައިފޮހޭ މިސްކިތް)
ލައިޘު ބިން ނިއުޝާދު، މަސްޖިދުލް ބިއްރި، ވިލިމާލެ
ޔޫސުފް ބިން މުހައްމަދު، މަސްޖިދުލް ސަބީލް، ހުޅުލެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމް މެދުވެރިކޮށް މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުވެފައެވެ.

