ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސް މިއަދު ހަވީރު ދިއްލީއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ވަޑައިގެންނެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނު މަހާވަރް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، ރާއްޖެއިން އިންޑިއަައަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރްއާ ބައްދަލު ކުރައްވާ، އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅާއި ގުޅިގެން މަރުހަބާ ދެންނެވިއެވެ.

އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެއްވިއެވެ.