ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ ކުރީގެ މެމްބަރު އަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެއްޖެއެވެ.

”އަސުރަށް“ މައުލޫމާތު ލިބިފައިވާ ގޮތުގައި ޣަފޫރު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯއްދަވަނިކޮށެވެ. އޭނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައެވެ.

އަބްދުލްޣަފޫރަށް ސްޓްރޯކެއް ޖެހުނުއިރު އޭނާ ގެންދެވީ ކިޑްނީ ބައްޔަށްވެސް ފަރުވާ ހޯއްދަވަމުންނެވެ.

ޣަފޫރު ވަނީ 2004 އިން 2009 އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފައެވެ.