ނޮވެލްޓީ ބުކްފެއާއިން ވިއްކި ދީނާ ހިލާފު 08 ފޮތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ”އަސުރަށް“ މައުލޫމާތު ދެމުން ބުނީ، ނޮވެލްޓީ ބުކްފެއާ އިން ދީނާއި ހިލާފު ފޮތްތަކެއް ފެނުނު މައްސަލަ ބަލަމުންދާ ކަމަށެވެ.
އެގޮތުން 08 ފޮތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މައްސަލަ ބަލަމުންދާ ކަމަށް މައުލޫމާތު ދިނެވެ.
ބުކްފެއާގައި ވިއްކަން ހުރި ފޮތްތަކުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ކުލަޖައްސާ ފޮތް ވެސް ހިމެނެއެވެ.
މީގެ ކުރިން ވެސް އިސްލާމްދީނާ ހިލާފު ފޮތްތައް ރާއްޖެ އެތެރެކޮށް ވިއްކާ މައްސަލަތައް ފެންމަތިވެފައިވެއެވެ.
ނޮވެލްޓީ ބުކްޝޮޕްއިން އިން ކުރިއަށް ގެންދާ ބުކްފެއާ އަކީ މި މަހު10 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހާއްސަ ބުކްފެއާ އެކެވެ.

