ބޭނުންވާ ތަކެތި:
125ގ ބަޓަރ
50ގ ހަކުރު
195ގ ފުއް
2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
3 ބިސް
120މލ ކިރު
ތައްޔާރުކުރާނެ ގޮތް:
މިކްސްޗަރުގައި ބަޓަރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.
ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފުށާއި، ބޭކިންގ ޕައުޑަރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރައި، ރަނގަޅަށް އެއްކޮށްލުމަށްފަހު ކިރު އަޅައިގެން ގިރާލާށެވެ.
ދެން އަވަނުގައި 40-45 މިނެޓްވަންދެން ފިހެލުމަށްފަހު، އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބަހައްޓާށެވެ.
އަދި ފްރިޖަށްލާ ފިނިކޮށްލާށެވެ.

