ވެރިރަށް މާލޭގެ ކެފޭއެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓި، އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭ 11:14 ހާއިރު ކަމަށެވެ. އެ މީހާ ވެއްޓުނީ މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށެވެ.
އެ މީހާ ފުރާޅުން ނަގާފައި ވަނީ ސިފައިންގެ އެހީތެރި ކަމުގަ އެވެ. އަދި ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި ހާދިސާގައި އަނިޔާވީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާ ފުރާޅަށް ވެއްޓުނު ސަބަބެއް ސާފެއް ނޫނެވެ. ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

