ރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވަ ސަފީރުގެ މަގާމަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޑިއާ ސަފީރު ކަމަށް އަޒީމާ އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ އިއްތިފާގުންނެވެ.
އަޒީމާ މީގެ ކުރިން ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވައިފައެވެ. ޗައިނާ ސަފީރުގެ މަގާމުގައި އޭނާ ހުންނެވީ 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ނޮވެމްބަރު 2022 ގައެވެ.
އަޒީމާ މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.

