ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ކުރުމަށް ތަފާތު އެކި ވައްތަރުގެ ޝޭމްޕޫއާއި ތެލާ ބޭނުންކޮށްގެން ވެސް އެދެވޭ ނަތީޖާއެއް ނުފެންނަ ކަމުގައި ވަނީނަމަ، ދެން އަޖުމަ ބަލައިލަން އެންމެ ރަނގަޅީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުން އަންނަ، ގޭގައި ތައްޔާރު ކޮށްލެވޭ މި ތެލެވެ.

ފިޔާ، ލޮނުމެދު އަދި އޮލިވް އޮއިލް ( ޒައިތޫނި ތެޔޮ) ނުވަތަ ކާށި ތެޔޮ ބޭނުންކޮށްގެން ތައްޔާރު ކުރެވޭ މިތެލުން ނުބައި ވަސް ދުވިޔަސް، މިއީ ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކޮށްދީ، އިސްތަށި ފޭބުން ހުއްޓުވައިދޭނެ ތެލެއް ކަމަށް ސިއްހީ މައުލޫމާތު ހިމެނޭ ލިޔުންތަކުގައިވެއެވެ.

ތެޔޮ ތައްޔާރު ކޮށްލާނެ ގޮތް:

ުބެލެންޑަރަށް ކުޑަ (ދެ ތިން ސަމުސާ) ޒައިތޫނި ތެޔޮ ފޮދެއް ނުވަތަ ކާށި ތެޔޮ އަޅައި، އެކެއް ނުވަތަ ދެ ރަތް ފިޔާ، ކޮށާފައި އަޅާށެވެ. އެއަށްފަހު ބްލެންޑު ކޮށްލައި ތަވައަށް އަޅާލުމަށްފަހު، އެއަށް އަނެއްކާ ވެސް ކާށި ތެޔޮ އަޅައި، ވަރަށް މަޑު ގިނީގައި ހޫނު ކޮށްލާށެވެ. ފިޔާތަކަށް މުށި ކުލަ އެރުމުން އުނދުން ނިއްވައިލައި، ތެޔޮ ހިހޫވަންދެން ބަހައްޓާށެވެ.

ތެޔޮ ހިހޫވުމުން، ފުރާނާލައިފައި، ސާފު ފުޅިއަކަށް އަޅާފައި ބަހައްޓާށެވެ.