އަންނަ އަހަރުގެ ބަޖެޓު ފާސްވާއިރު ފަސް ޕަސެންޓް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރި ބުޅާ ފެސޓީ ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
”ބްލޮކް ގަރާންޓުގެ އެ ފަސް ޕަސެންޓް އެ ގާނޫނުގަ އޮތް ގޮތަށް މި ފަހަރު ބަޖެޓު ފާސްވާއިރު ވެސް އެ ލިބޭނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން ގާނޫނު އިސްލާހުކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ފޮނުއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

