ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހުމަދު ނާސިފް (ޑީޑީ) އައްޔަން ކޮށްފިއެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގައެވެ.

އެޗްޑީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި، ނާސިފްއަށް މަރުހަބާކިޔާފައިވެއެވެ.

މީގެ ކުރިން ނާސިފް ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.

އަދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އުފެއްދި ކުންފުނީގެ އެމްޑީގެ މަގާމު ވެސް ފުރުއްވިއެވެ.

އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް މީގެ ކުރިން ނާސިފްވަނީ އަދާކުރައްވާފައެވެ.