ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިޔާމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައިމަން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

އައިމަންގެ ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވީ އޭނާގެ ކުރީގެ އަނބިމީހާ އެވާހަކަތައް ސޯޝަލް މީޑިއާއަށް މިދިޔަ އޮކްޓޯބަރު މަހު ތިލަކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން އައިމަން ހައްޔަރުކޮށްފައިވާއިރު، އޭނާއާ ގުޅޭ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.