އިޓަލީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ސަރުކާރުން މަސައްކަތް ފައްޓަވައިފިއެވެ.
ޖުމްހޫރީ ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިކަން ހާމަކުރައްވައި ވިދާޅުވީ އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ދިވެހި ސަރުކާރުން އެދުމުން އެކަމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ މިއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ރާއްޖެއަށް ވިޔަފާރީގެ ދާއިރާ އިން މުހިއްމު އެހެން ގައުމުތަކުގައި ވެސް އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުޅުވާނެ ކަމަށެވެ.
ރާއްޖޭގެ އެމްބަސީއެއް މި އަހަރުގެ ތެރޭގައި ވަނީ ތުރުކީގައި ހުޅުވާފައެވެ.

