ދެކުނުގެ ރަށެއްގައި، އުމުރުން 11 އަހަރާއި ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، ގއ، ގދ، ޏ އަދި ސ ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން ހަތް އަހަރާއި 11 އަހަރުގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 04 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
މި މައްސަލައިގައި ރޭގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

