ރާއްޖޭގައި އަލަށް ފަށައިގެން ފޯރުކޮށްދެމުން އަންނަ ބަންކަރިންގެ ހިދުމަތުން މިހައިތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ހިދުމަތާއެކު ރާއްޖޭގެ އިގުތިސާދަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވި މެދުރާސްތާގެ އިސްތިރާޖީ ތިން އަހަރުގެ ޕްލޭން ފިޔަވައި އެއްވެސް މެދު ރާސްތާގެ ރިޕޯޓެއްގައި ފަތުރުވެރިކަން ފިޔަވައި އެހެން ސިނާއަތަކުން ރާއްޖެ އަށް އާމްދަނީ ލިބޭނެ ގޮތެއް ހިމަނާފައި ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރުން އިގުތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށިގެން ދިޔަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގައެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ.

