ދިއްގަރު ސިއްހީ މަރުކަޒުގައި ގާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވައިފިއެވެ.
މި ކްލިނިކް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކްލިނިކް ބައްލަވާލައްވައި، ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ކްލިނިކް ބައްލަވާލެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ ދިއްގަރު ސިއްހީ މަރުކަޒުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ދިއްގަރު ސިއްހީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.
ރައީސްގެ އަނބިކަނބަލުން މ. ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު މ. ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

