ކ.މާފުށީގައި ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފިއެވެ.

ފުލުހުން މިއަދު ބުނީ މިޔަރު ހަމަލާ ދީފައިވަނީ އުމުރުން 45 އަހަރުގެ ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔަކަށް ކަމަށެވެ.

އޭނާއަށް މިހާރު ހުޅުމާލެ ގައި ހުންނަ ޓްރީޓްޕް ހޮސްޕިޓަލުން ފަރުވާދެމުން ދާމަކަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިޔަރު ހަމަލާދީފައި ވަނީ އެ ފަތުރުވެރިޔާގެ ބޮލަށެވެ.