ރާއްޖޭގެ ކުށުގެ ވެށީގައި އުޅެނީ އެންމެ ދެ އިންސައްތަ ޒުވާނުން، ކަމަށާއި އެ އަދަދު އިތުރަށް މަދުކުރެވޭނެކަމަށް ފުލުހުންގެ ސާވިސް ޑިވޮލޮޕްމަންޓްގެ ވެރިޔާ އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވީ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ ދިވެހި ގިނަ ޒުވާނުންނަކީ ގާނޫނާއި ގަަވައިދުތަކަށް ތަބާވާ ބައެއް ކަމަށެވެ.
އަދި ފަހުން ނެގި ޑޭޓާތަކަށް ރިއާޔަތްކޮށް ކުށުގެ ވެށީގައި އުޅެނީ 15 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އެއްމެ ދެ އިންސައްތަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި މުޖުތަމައުގައި އެ މީހުން ބައިވެރިކޮށްގެން ކުށުގެ ވެށީގައި އުޅޭ މަދު ޒުވާނުންގެ އަދަދު އިތުރަށް މަދުކުރެވޭނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
އެ މަދު ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީގެން މުޖުތަމައުގައި ބައިވެރިކޮށް އެ ޒުވާނުން ބާރުވެރިކޮށް ހަގީގީ މީހުންނަށް ހެދެނޭ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއާއެކު ރާއްޖެއަކީ އަމާން އަދި އުޖާލާ މުސްތަގުބަލަކާ ދިމާއަށް ދެވޭނެ ކަމަށެވެ.

