ހުޅުމާލެ، ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މިއަދު ހެނދުނު 06:32 ހާއިރު ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީވެ އިތުރު ތަފްސީލު ހިއްސާކުރެވެން ނެތް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވަން އެވެނިއު އިމާރާތަކީ ސެކިއުރިޓީ ކޮންޓްރޯލާއެކު އެ އިމާރާތުގެ އެތެރެއަށް ވަދެވޭ ތަނެކެވެ.

