ދަރުމަވަންތަ ހޮސްޕިޓަލު، ފަސް އަހަރު ފަހުން، ޓާޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ހޮސްޕިޓަލް މިރޭ ހުޅުވީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ނެޝަނަލް ފާޓިލިޓީ ސެންޓަރަކާވެސް އެކުގައެވެ.
ނޭޝަނަލް ފާޓިލިޓީ ސެންޓަރު ގާއިމް ކޮށްފައިވަނީ އެ ހޮސްޕިޓަލްގެ 22 ވަނަ ފަންގިފިލާގައެވެ.
މިރޭ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެންމެ ޒަމާނީ ފެންވަރުގެ ހައިބްރިޑް ތިއޭޓަރުގެ ބައެއް ސާމާނުތައް ބަދަލުކޮށް އަދި އެންމެ ޒަމާނީ ފެންވަރުގެ ހައިބްރިޑް ކެތުލެބް ވެސް ރަސްމީކޮށް ހުޅުވައިފައެވެ.

