ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާ އަދި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭގޮތުން މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅަކަށް ނުވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ.

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ ވަނީ މީގެކުރިން ތިން ފަހަރަކު ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

އެގޮތުން މި އަހަރުގެ މާޗު މަހު މެއި މަހު އަދި އޮގަސްޓް މަހު ވެސް ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.