ފުލުހަކަށް ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ހަމަލާ ދޭން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ފުލުސް މީހާއަށް ހަމަލާ ދޭން މަސައްކަތް ކުރީ ހުޅުމާލެ ފޭސް އެކެއްގައި މިއަދު 18:30 އެހާކަންހާއިރު ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުމުން، އެކަން ހުއްޓުވަން އުޅުމުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.