ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހަކަށް ހަމަލާ ދޭން އުޅުނު މައްސަލައިގައި ހައްޔަރު ކުރީ، އދ. ދަނގެތި، ލިލީގެ، އުމުރުން 33 އަހަރުގެ ހުސެއިން ފާއިގު އެވެ.
ފާއިގު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށެވެ.
އެ މައްސަލައިގައި އެދުވަހުގެ 18:30 އެހާކަންހާއިރު އޭނާ ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނީ، އެވަގުތު އޭނާ ހުއްޓުވަން އުޅުނު ފުލުސް މީހާއަށް ވެސް އޭނާ ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

