ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ އައްޔަނު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިފިއެވެ.
ބޭރުގެ ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރަކަށް ފުއާދުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށެވެ.
އީސީގައި ފުއާދުގެ ދައުރުގެ ހަމަވެފައި ވަނީ އިއްޔެއެވެ. ކޮމިޝަނުގެ ގަވައިދު ބުނާ ގޮތުގައި ދެ އަހަރަށް ވުރެ އިތުރަށް ކޮމިޝަނުގެ މެމްބަރުކަމުގައި ނުހުރެވޭނެއެވެ.
ފުއާދަކީ 90 ގެ ފަހުކޮޅުން ފެށިގެން އިންތިހާބުތައް ބޭއްވުމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ.
1978 އިން ފެށިގެން އެކި އިންތިހާބުތަކުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
ފުއާދަކީ 2008 ގައި އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެވުނު ފަރާތެވެ.

