ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން މޫދަށް އެރިއުޅެނިކޮށް ކޮޅުވެއްޓިއެއްގެ ބުރަފަތީގައި ޖެހި ޒަހަމްވި މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 55 އަހަރުގެ މީހެއް ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
އެމްޓީސީސީގެ މުވައްޒަފުންނާއި ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ އެވަގުތު ސަލާމަތްކޮށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ކުރިން ފުލުހުން ބުނީ އެ މިހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

