އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށް ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އެ އަންހެން މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައެއް މި މަހުގެ 27 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް ފައިސާ ހޯދާ ގިނަ މައްސަލަތަކެއް ފެންމަތިވެއެވެ.