މަންމައާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މީހަކު މާލެ އިން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ މީހެކެވެ.
އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާ މަންމައާއި ކޮއްކޮއަށް ވަޅިން ބިރު ދެއްކީ ފައިސާ ނުދީގެންނެވެ.
އަދި އޭނާ ދިރިއުޅުނު ކޮޓަރިން ވަޅިއެއް ފެނިފައިވާ ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ދާދި ފަހުން ވެސް، މަންމައަށް ބިރު ދައްކައި، ފޭރެން އުޅުނު މައްސަލައެއް ފެންމަތިވެފައިވެއެވެ.

