ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އުވައިލަން އެ ޕާޓީގެ ސެނެޓުން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައެވެ.
ޕީޕީއެމް އުވައިލަން ނިންމައިފައި ވަނީ، މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް އުވާލަން ފެންނަ ކަމަށް މެންބަރުންގެ އިއްތިފާގުން ނިންމުމުންނެވެ.
އެ ޕާޓީ އުވާލަން ހުށަހެޅުމުން އެ ވޯޓުގައި 42 ބައިވެރިވެވަޑައިގެން ވޯޓް ދެއްވިއެވެ.
ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޕީޕީއެމް އުވާލާން ނިންމި އިރު، އެ ޕާޓީގެ ރަޖިސްޓްރީގައި 34،698 މެންބަރުން އެބަތިއްބެވެ.

