ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒުރޭލުގެ ގައުމީ ސަލާމަތީ ބެހޭ މަޖިލީހުން އިޒްރޭލުގެ ރައްޔިތުންނަށް އަންގައިފިއެވެ.
އިޒުރޭލުގެ ސަލާމަތީ ބެހޭ މަޖިލީހުން އާންމުކޮށްފައިވާ އެލާޓެއްގައި ވަނީ ރާއްޖެ އާއި އަރުމޭނިއާއަށް ދަތުރުކުރާއިރު ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި އިޒުރޭލުގެ ރައްޔިތުންނަށް ނުރައްކާ އޮތުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ދެވަނަ އިން ތިންވަނައަށް ވެސް މަތިކޮށްފައެވެ.
އިޒުރޭލުން ބަލާ ސަލާމަތީ މިންގަނޑުގައި ރާއްޖެ މައްޗަށް ޖެއްސުމުން، އެ ލެވަލް އިން އަންގައިދެނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ކޮށްގެން ނުވާނެ ކަމެވެ.
އިޒުރޭލުގެ ރައްޔިތުންނަށް ރާއްޖޭގައި ނުރައްކާ އޮތް ކަމުގެ އެލާޓް މައްޗަށް ޖެއްސީ ރާއްޖޭގައި އިޒުރޭލުގެ ރައްޔިތުންނާ ދެކޮޅު ހަރަކާތްތަކެއް ހިނގާތީއާއި ޓެރަރިސްޓުންނަށް ތާއީދު ކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.
އިޒްރޭލުން މިގޮތަށް އެންގިއިރު، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ދިވެހީން ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

