ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ “ފިޔަވަތި ފަން ޑޭ” ކުރިއަށް ގެންގޮސްފިއެވެ.

“ފިޔަވަތި ފަން ޑޭ” އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކުއެވެ.

އެގޮތުން ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ފިޔަވަތި ފަންޑޭ ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ.

މުޅި ދުވަހަށް ބަހާލައިގެންކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ. އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެއެންޓަރޓެއިންމަންޓާއި ޕޫލް ޕާޓީއެއް ވަނީ ބާއްވާފައެވެ.

އެއަށްފަހު ހަވީރުގެ ސަޔާއެކު”ފަން ޑޭ” ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ފިޔަވަތީގެކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.

 

އެޗްޑީސީގެ ”ފިޔަވަތި ފަންޑޭ“ގެ ތެރެއިން

މި ޕާޓީގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމްސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ އެމްޑީ، ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެން، ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވައި އެކުދިންގެ ހާލު ބައްލަވާފައެވެ. އަދި މެޑަމްސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައިބައިވެރިވެލައްވާފައެވެ.

އެޗްޑީސީގެ ”ފިޔަވަތި ފަންޑޭ“ގެ ތެރެއިން

މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާމުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިންގ ރޫމްހަދިޔާ ކުރުމެވެ.

 

އެޗްޑީސީގެ ”ފިޔަވަތި ފަންޑޭ“ގެ ތެރެއިން

އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މިގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000ރ. ގެ ފަންޑު ރެއިޒްކޮށްފައެވެ. އަދި”ފިޔަވަތި ފަންޑޭ” ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި ޑޮނޭޝަން ފިޔަވައްޗާއި ހަވާލުކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން ގޭމިންގ ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކުއެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކު ވިދާޅުވީ، މި ގޭމިންގ ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

“އެޗްޑީސީގެ ސްޓާފުން އިސްނަގައިގެން ފިޔަވަތި ކުދިންނަށް ހަދިޔާކުރި ޕްލޭ އޭރިއާއަކީ މިވަގުތައް ފިޔަވަތި ކުދިންނަށް ވަރަށް ބޭނުންތެރި، އޭގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެން. ހަމަ އެއާއެކު އެޗްޑީސީން ފިޔަވަތި ކުދިންނާމެދު ބަހައްޓަމުންގެންދާ ގާތްކަމަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ފިޔަވަތީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެޗްޑީސީގެ އެމްޑީއަށާއި ހުރިހާ ސްޓާފުންނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ދަންނަވަން.” ޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކު ވިދާޅުވިއެވެ.

 

އެޗްޑީސީގެ ”ފިޔަވަތި ފަންޑޭ“ގެ ތެރެއިން

“ފިޔަވަތި ފަންޑޭ” ގެ ނަމުގައި އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ވަނީ ފާއިތުވި ދެއަހަރުވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތައްކުރިއަށް ގެންގޮސްފައެވެ.

ކުދީ ދެ އަހަރާ ހިލާފަށް މި އަހަރުގެ މި ދުވަސް ފާހަގަކުރީ އެޗްޑީސީގެ ހުރިހާ ސްޓާފުންގެ ފަރާތުންނެވެ.