ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަނިޔާވެރިވާނެ ކަމަށާއި، އެކަމަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.
އިދިކޮޅު އެމްޑީޕީ އިން ރޭ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް، ”ގާނޫނުއަސާސީގެ ދިފާއުގައި“ މި ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވައިފައެވެ.
މި ޖަލްސާގައި ސޯލިހް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ.
އެފަދަ ވެރިކަމެއްގައި ރައްޔިތުންނަށް އަނިޔާވެެރިވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން ވަގުތުން ވަގުތަށް މިސަރުކާރު ޒިންމާދާރުކުރުވުމަށް ފިޔަވަޅުތައް އެޅުމަށް ސޯލިހު ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ރޭގެ ޖަލްސާގައި ސޯލިހު ވަނީ އެމްޑީޕީއަށް ފާޑު ކިޔުމަށް ހަދާފައިވާ ޅެމެއް ވެސް، އޮޅިވަޑައިގެން ވިދާޅުވެދެއްވައިފައެވެ. ޕެސްޓުގެ ”ވެރިންގެ ވެރިކަން“ ލަވަ ސޯލިހު ބޭނުން ކުރެއްވީ މި ސަރުކާރަށް ފާޑު ވިދާޅުވުމަށެވެ.


ރައްޔިތުން ގުނބޯ ހައްދަން ކުރި މަސައްކަތުން ތިމާމެން އަމިއްލައަށް ގުނބޯހެދިގެން ފަރުނުޖެހުނީތާ؟
އެމްޑީޕީ ވެރިކަން ކުރި ދުވަސްތަކަށްވުރެ ބިރުވެރި ދުވަސްތަކެއް އަހުރެން ދެކެފައެއް ނުވޭ. ހާދަ ބިރުވެރިޔޭ.