ވެރިރަށް މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ތިން ގެއަކުން މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

‏ނެޝަނަލް ޑިޒާާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނީ، ތިން އިމާރާތެއްގެ 7 ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތު ދަނީ ކުރަމުން ކަމުގައެވެ.

”މިއީ 15 ފިރިހެނުންނާއި 14 އަންހެނުން. މީގެ ތެރޭގައި ސިއްހީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނޭ. މިގެތަކަކީ މ.ލޯކަށިގެ، މ.ކުދިމާވިލާ، މ.ލޫބިޔާ.“ އެންޑީއެމްއޭ އިން ބުންޏެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް ފެނާއި ކަރަންޓު އަލުން ގުޅުއިދިނުމުގެ މަސައްކަތް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

ހައުސިން މިނިސްޓްރީ އާއި މި ކޮންސްޓްރަކްޝަން މިިނސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވާއިރު، މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ވަނީ ރޯވި އަލިފާން ގަނޑު ނިންވާލާފައެވެ.

ނަމަވެސް އެ ދެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.