ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ، މިއަދު ހަވީރު 18:00 އަށް މެޓްއިން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި ދެކުނަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އަދި މެދު ރާއްޖެ ތެރޭގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މައުލޫމާތުދެއެވެ.

މެޓުން ބުނީ ހުނޅަގާއި ހުޅަނގު އުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި 4-7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރާއި މެދު ރާއްޖެތެރެއަށް 4-2 ފޫޓްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް  ބުނެފައިވެއެވެ.