ތިން މިނިސްޓްރީއެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މ.ގްރީން ބިލްޑިންގައި ރޯވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
”މި ތަހުގީގުގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން.“ ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަން، ވީހައި ވެސް އަވަހަށް، ކުރިއަށް ގެންދިޔުމަށްޓަކައި ދެ ތިން ދުވަސް ތެރޭގައި އެ ޓީމް ފުލުހުންގެ އިންވެސްޓިގޭޝަން ޓީމާ ގުޅިގެން މަސައްކަތް ކުރެވޭނެ މަގުފަހި ކުރުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީއަށެވެ.
އެ ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

