ރީތި އެތައް ޑިޒައިންތަކެއްގެ އަބާޔާއަށް ހާއްސަ ފިހާރަ ”ފަށުވި ފޭރާން ބައި ވެންޒާ އިން، އަހަރުގެ އެންމެ ބޮޑު ސޭލް ފަށަން ތައްޔާރުވެއްޖެއެވެ.
މި މަހުގެ 20ގައި ފަށާ ”އިޔަރ އެންޑް ސޭލް“ގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓާއެކު އަބާޔާ ގަނެލެވޭނެއެވެ.
މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަގުހެޔޮކޮށް، އެންމެ ރަނގަޅު ކޮލިޓީގެ، ރީތި އަބާޔާ ގަންނަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.
ފަށުވި ފޭރާމުން އެންމެ ފަހުގެ ޑިޒައިންތަކުގެ އަބާޔާ ލިބޭނެއެވެ. އެގޮތުން އެމްބްރޮއިޑަރީ، ބީޑެޑް، އަދި ކާޑިގަން އަބާޔާ ފާހަގަކޮށްލެވެއެވެ.

ފަށުވި ފޭރާންގެ ޑިސެމްބަރުމަހުގެ ކަލެކްޝަން މިހާރު އެތަނުން ލިބެން އެބަހުއްޓެވެ. އަދި އުމްރާގެ އަޅުކަން އަދާ ކުރަން ތައްޔާރުވާ ފަރާތްތަކަށް ހާއްސަ، އާދައިގެ އަބާޔާ ވެސް އެތަނުން ލިބެން އެބަހުއްޓެވެ.
މީގެ އިތުރުން ލަތާފަ ބްރޭންޑުގެ އޮރިޖިނަލް ސެންޓު ވެސް، އެތަނުން ލިބެން އެބަހުއްޓެވެ.

ފަށުވި ފޭރާމުން ކަސްޓަމަރުންނަށްޓަކާ އަބަދުވެސް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. އެގޮތުން އެތަނަށް ގޮސް ނުވަތަ އޮންލައިންކޮށް ވިޔަސް، އަބާޔާ ގަންނަ ފަރާތްތަކުގެ މެދުގައި ގުރު ނަގައި، ސެންޓު ފުޅިއަކާއި މިސްޓް ފުޅިއެއް ހިމެނޭ ގިފްޓް ޕެކެއް އަންނަނީ ދޫކުރަމުންނެވެ.
މި ހާއްސަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އިއުލާނު ކުރުން އޮންނަނީ ކޮންމެ ހުކުރު ދުވަހެއްގައެވެ.

ފަށުވި ފޭރާން ހާއްސަ ވަނީ ކީއްވެ؟
ކޮންމެ މަހަކު ވެސް ފަށުވި ފޭރާމުން ޕްރީ-އޯޑަރަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަބާޔާ ގެނެސްދެއެވެ. ތަފާތު ވައްތަރުގެ ފޮތިން، އެކި ޑިޒައިންތަކަށް، ކަސްޓަމަރުން ބުނާ ސައިޒެއްގައެވެ. ކާޑިގަން އަބާޔާ، ސިމްޕަލް އަބާޔާ، އެމްބްރޮއިޑެރީ އަބާޔާ، ބީޑެޑް، އޮފިޝަލް އަދި ކުޑަކުދިންގެ އަބާޔާ ވެސް އެތަނުން ލިބެން ހުންނާނެއެވެ. ފަށުވި ފޭރާމުން ބުނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައު ކަލެކްޝަން ވެސް ގަންނަން ލިބޭނެ ކަމަށެވެ.
ފަށުވި ފޭރާާން ހުންނަނީ ކޮންތާކު؟
ފަށުވި ފޭރާާންގެ ޝޯރޫމް ހުންނަނީ ހުޅުމާލެ ފޭސް އެކެއްގެ ރަބަރުގަސްމަގު، 9ގައެވެ. މި ލިންކުން ލޮކޭޝަން ބަލާލެވޭނެއެވެ.
އެތަނުގެ އިންްސްޓެގްރާާމް ޕޭޖަށް މެސެޖުކޮށް، އޮންލައިންކޮށް ވެސް ވިޔަފާރި ކޮށްލެވޭނެއެވެ.

