ގެއްލިގެން ހޯދަމުންދިޔަ ހަސަން ނިހާލު ފެނިއްޖެއެވެ.

ތ. މަޑިފުށި / ބޮންތި،  އުމުރުން 34 އަހަރުގެ ހަސަން ނިހާލު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 20:07 ހާއިރުއެވެ.

ނިހާލުގެ އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ ގެއްލިގެން ރިފޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިހާލު ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނިހާލު ގެއްލުމުގެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.