ސިނަމާލެ ބްރިޖުގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަދި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުތަކާ ގުޅިގެން ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ.