މާލޭގައި ވެސް މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އާޓިފިޝަލް ބީޗްގައި މިރޭ 9:00 ގައި ހަވާ އަރުވާނެ ކަމަށާއި މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށް ގެންދާ ހަވާ އެރުވުމެއް ކަމަށެވެ. އެގޮތުން މިރޭ 5 މިނެޓަށް ހަވާ އަރުވާނެއެވެ.
ހުޅުމާލޭގައި ވެސްވމިރޭ ހަވާ އަރުވަން ވަނީ ނިންމައިފައެވެ.
ހުޅުމާލޭގައި ހަވާ އަރުވަން ނިންމީ އާ އަހަރު ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯ އިން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއްގެ ތެރެއިންނެވެ. އެގޮތުން ހަވާ އަރުވާނީ މިރޭ 8:00 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގައެވެ.
އެ ފަރިތަކުރުންތަކުގައި ދެ މިނެޓްގެ ތިން ޝޯއެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

