ތ. ތިމަރަފުށީގައި ގުރޫޕަކުން މީހަކަށް ހަމަލާދީ ޒަހަމްކުރި މައްސަލައިގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާރާމާރީގެ އެ ރިޕޯޓް ލިބުނީ އިއްޔެ މެންދުރު 1:27 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި ވަޅިން ހަމަލާދީފައި ވަނީ މީހެއްގެ ބުރަކަށްޓަށެވެ. އެމީހާ އަށް ތިމަރަފުށީ ހެލްތު ސެންޓަރުގައި ފަރުވާ ވެސް ދީފައިވެއެވެ.

އެކަމާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ތިމަރަފުށީ ޖަހާމުގުރިގޭ، އަހުމަދު އަމީނާއި އެ ރަށު ސަލްވާ އަހުމަދު ޝަހުދީ އާއި އެ ރަށު ގުލްބަކާވިލާ އަޝްރަފާއި އެ ރަށު ހިރި އާސް އިބްރާހީމްގެ އިތުރުން މާލެ، ވ. ވަވައް މުހައްމަދު ރައޫފެވެ.

ފުލުހުން ވަނީ އެ މީހުންގެ ވަނަވަރާ އެކީ ފޮޓޯ ވެސް އާންމުކޮށްފައެވެ

 

.