މީލާދީ ގޮތުން އައު އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، 11:59 ގައި ކަމަށެވެ.
އަދި މިރޭ ފަސް މިނެޓު ވަންދެން ހަވާ އަރުވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި ހަވާ އަރުވައިފައެވެ.
ހުޅުމާލޭގައި ހަވާ އަރުވަން ނިންމީ އާ އަހަރު ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯ އިން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއްގެ ތެރެއިންނެވެ.
އެގޮތުން ހަވާ އަރުވާފައި ވަނީ އެ ރޭ 8:00 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގައެވެ.

