މިއަދަކީ އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން، ކަސްޓަމަރުންނަށް ސައިކަލެއް ލިބޭ ޕްރޮމޯޝަންގެ ފަހު ދުވަސް ކަމަށް އެ ކުންފުނިން ހަނދާން ކޮށްދީފިއެވެ.

އުރީދޫ އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި މިއަދުވެސް ބައިވެރިވެގެން ޕީސީއެކްސް 160 ސައިކަލެއް އަދި ޕްރޮމޯޝަންގެ ބޮޑު އިނާމު — ރެބެލް 300 (2024) ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ޕްރޮމޯޝަން ތައާރަފުކުރީ މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު ޕްރޮމޯޝަން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެއެވެ.

އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބައްލަވައިގަނެފައިވުމާއި، އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމާއި، އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުމުން މި ހާއްސަ ޕްރޮމޯޝަނުގައި ބައިވެރިވެވުނީއެވެ.

ިމި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.