މ.ގްރީން ބިލްޑިންގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ތިން މިނިސްޓްރީއެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގޭގައި ކުރިއަށްދާތީ، ދަރުބާރުގޭގެ ހޯލުތައް ކުއްޔަށް ދިނުން މެދުކަނޑާލައިފިއެވެ.
ޓިނު ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީތަކުގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން، ދަރުބާރުގޭ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ދަރުބާރުގޭގައި މިނިސްޓްރީތަކުގެ ހިދުމަތް ދޭން ފެށި ފަހުން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް، ވަނީ ހިދުމަތް ދޭން ފަށައިފައެވެ.

