ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ހަތް ސްކޮލަރޝިޕަކަށް އެދުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކުގައި ކިޔެވޭނީ ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއީ ސާކްގެ ޤައުމުތަކަށް ހުޅުވާލި ސްކޮލަޝިޕް ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއަށް ހޯދައިދީފައިވާ ފުރުސަތުތަކެކެވެ. ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ އެމްބީބީއެސްގެ ބެޗްލާސް ޑިގްރީގެ ހަ ސްކޮލަޝިޕަކާއި ބީޑީއެސްގެ އެއް ސްކޮލަޝިޕެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިހިނގާ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލެވޭނީ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާ އިން ”ސީ“ އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވާ ފަރާތްތަކަށެވެ.

ސީ ލިބުނު މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ އަދި ފިޒިކްސް ހިމެނެންޖެހެއެވެ.